އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރާއްޖޭން ބަޔާނެއް ދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މި ބަޔާން ރާއްޖެއިން ދެނީ ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ.
މޫސާ ޒަމީރު މިހެން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި މިނިވަން ދައުލަތަކަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މީސާ ޒަމީރު ވިދާޅުވީ ދިވެހި ސަރުކާރުން މި ބަޔާން ދޭން ނިންމާފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހު ކަމަށެވެ. އަދި ޒަމީރު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން އައިސީޖޭއަށް ލިޔުމުންވެސް ބަޔާނެއް ހުށަހަޅާފައިވާ ކަމުގައެވެ. އަދި އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް ފަލަސްތީނުން އެދިފައިވާ މައްސަލާފައި ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ޒަމިރު ވިދާޅުވީ ފަލަސްތީނުގެ އެދުމުގެ މަތިން މިމަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރުން ދޭން ހަމަޖެހިފައިވާ ބަޔާން ދިނުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުން ދާކަމުގައެވެ.
ކޮމެންޓު ފޮނުވާ