އައިލެންޑް އޭވިއޭޝަން މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލްކޯރއިން ފަސްޓް އެއިޑް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އައިލެންޑް އޭވިއޭޝަން މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލްކޯރއިން ފަސްޓް އެއިޑް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

Author
ހުސެއިން
21 ފެބްރުއަރީ 2024 11:29
0
އައިލެންޑް އޭވިއޭޝަން މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ފަސްޓް އެއިޑް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުވަރީ 20 އިން 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އައިލެންޑް އޭވިއޭޝަންގެެ މުވައްޒަފުންނަށް ވަނީ ކާޑިއޯވަސްކިއުލަރ ނިޒާމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި އެއާ ގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ކިޔައިދީފައެެވެ.
މީގެއިތުރުން، މެޑިކަލް އިމަޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، އެސްމައާއި، ސްޓްރޯކްގެ އިތުރުން، ކެޝުއަލްޓީ ކެރީސްއާއި، ހީޓް ސްޓްރޯކާއި، ހީޓް އެގްޒޯސްޝަން އަދި ހީޓް ކްރޭމްޕްސްގެ ބައިތައް ވެސް ވަނީ މި ޕްްރޮގްރާމުގައި ކިޔަވައިދީފައެވެ.
މި ޕްރޮގްރާމުގައި އެ އިދާރާގެ 153 މުވައްޒަފުން ބައިވެެރިވިއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.