އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމަށް، ރާއްޖެ ނުހިނެމެނޭހެން 6 ގައުމަކަށް ކޯޓާ ދޫކޮށްފައިވާކަމަށް އިންޑިއާގެ ލޯކަލް ނޫސްތަކުގައި ރިޕޯޓު ކޮށްފިއެވެ.
އިންޑިއާގެ ލޯކަން ނޫސްތަކުގައ ރިިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުން ކޯޓާ ދޭނެ ގައުމުތައް ނިންމާފައިވަނީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ލަފާގެ މަތިން ކަމަށެވެ.
އަދި މިނިންމުމަމަކީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި އަވަށްޓެރި ޤައުމުތަކުގައި އޮތް ކާބޯތަކެތީގެ ޑިމާންޑަށް ޙައްލު ހޯދުމުގެ މަޤްޞަދުގައި ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަހްރެއިން އަދި މޮރިޝަސްއަށް ފިޔާ އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން މިހާރުވަނީ ވަނީ ފެހި ސިގްނަލް ދީފަ އެވެ. އަދި މިފިޔަވަޅަކީ މީގެ ކުރިން ފިޔާގެ ވިޔަފާރީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާއިން ނެރުނު ރަސްމީ ބަޔާނެއްގައި މި ނިންމުމުގެ މަގްސަދަށް އަލިއަޅުވާލައި ބުނެފައިވަނީ "ބައިލެޓަރަލް ބޭނުމަށް ފިޔާގެ ވަކި މިންވަރެއް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭ"ނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ފިޔާގެ ސީދާ މިންވަރެއް އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް އިން ހޯމަ ދުވަހު (ފެބްރުއަރީ 19) ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން އަލުން ފަށަން ނިންމި ނިންމުން ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، މިއީ ސަރަހައްދީ ވިޔަފާރީގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިނިންމުން ނިންމާފައި މިވަނީ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑަށް މަޝްވަރާކޮށް މަޝްވަރާކުރުމަށްފަހުގައިކަމަށްވެސް ބުނެފައި ވެއެވެ.
ލިމިޓެޑް އެކްސްޕޯޓަށް އެލަވަންސް ދިން ނަމަވެސް، ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް އޮތުން މުޅިން އުވާލުމާ މެދު ނިއު ދިއްލީއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު، މިއީ އެތެރޭގެ ޑިމާންޑާއި ސަޕްލައި މެނޭޖްކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭ ވިސްނުމެއް ކަން ދޭހަކޮށްދޭ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައި ރާއްޖެ ދޫކޮށް ދާގޮތަށް މިހާރު ދެގައުމުން ވަނީ އެއްބަސް ވެފައެވެ.
ކޮމެންޓު ފޮނުވާ