ހއ. އުތީމު، ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 141 ދަރިވަރުން ބައިވެރިވި މި ޒިޔާރަތަކީ، ކަނޑު ދަތުރުފަތުރާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ. ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުންނާއެކު އެ ސްކޫލުގެ 18 ޓީޗަރުން ވެސް މި ޒިޔާރަތުގައި ބައިވެރިވިއެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކަނޑު ދަތުރުފަތުރާ ގުޅޭ ގޮތުންނާއި، ކަނޑުދަތުރު ކުރުމުގައާއި ޑައިވްކުރުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، ލައިފް ޖެކެޓް އަޅަންވީ ގޮތާއި، ފަޔަރ އިކުއިޕްމަންޓް، އަދި ޑައިވިންގ އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ. ހަމައެއާއެކު، އެމްއެންޑީއެފްގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި މަސައްކަތްކުރާ ސިފައިންނެވެ.
ކޮމެންޓު ފޮނުވާ