ކަބީރުގެ އިތުރު ފިލްމްއެއް އަނެއްކައިވެސް ކާތިކް އަށް

ކަބީރުގެ އިތުރު ފިލްމްއެއް އަނެއްކައިވެސް ކާތިކް އަށް

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2024 01:01
0

ކާތިކް އާރިޔާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމް "ޗަންދޫ ޗެމްޕިއަން" ގެ ޑައިރެކްޓަރު  ކަބީރް ޚާން ގެ އިތުރު ފިލްމްއެއް ކާތިކް އަށް ލިބިފައިވާކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ފިލްމް ރިލީޒް ނުވަނިސް އެ ދެ މީހުން އިތުރު ޕްރޮޖެކްޓަކަށް ސޮއިކޮށްފައިވާއިރުގައި މި ޕްރޮޖެކްޓް އާއި ބެހޭގޮތުން މީޑިއާއަށް މިހާތަަނަށް އަދި އެއްވެސް މައުލޫމާތެއް ތިލަވެފައިއެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް މި ފިލްމް އިއުލާން ކުރާނެ ކަމަށް ވެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކާތިކްގެ މަސައްކަތްތަކާ މެދު ކަބީރް ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި އޭނައާ އެކީ އިތުރު މަސައްކަތްތަކެއް ކުރުމުގެ ޝައުގުވެރިކަން ކާމިޔާބު ޑައިރެކްޓަރުގެ މިހާރު ވަރަށް ބޮޑު ކަމަށެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޗަންދޫ ޗެމްޕިއަން" ގެ ޝޫޓިން ނިންމައިލީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޕެރަލިމްޕިކްގައި ފްރީސްޓައިލް ފެތުމުން އިންޑިއާ އަށް 1972 ގައި ރަން މެޑެލް ހޯދައި ދިން އެތުލީޓް މުރްލީކަންތު ޕެޓްކަރަށް ބިނާކޮށް ހަދާފައިވާ އެއްޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.