ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޓްރިލޮޖީ "ރާމާޔާން" ގެ ރޯލަކުން އަމީތާބް ބައްޗަން ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
2018 ވަނަ އަހަރުގެ ފިލްމް "ކޭޖީއެފް" އިން ވިދާލި ކަންނާޑާ އެކްޓަރު ޔާޝް ބޮލީވުޑްއަށް ތައާރަފްވާ މި ފިލްމް އިން ބޮޑު ކާސްޓެއް ފެނިގެންދާނެ ކަމަށް މިހާރު ކަށަވަރުވެފައި ވިނަމަވެސް ކާސްޓާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް މިހާތަނަށް މީޑިއާއަށް ލިބިފައިއެއް ނުވެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ހުރާފީ ފިލްމުގެ މުހިއްމު ކެރެކްޓާއެއް އަމީތާބަށް ހުށަހަޅައި މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަމީތާބް ކުރިން ވެސް ނިތޭޝްއާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2014 ގެ ސުޕަނެޗްރަލް ކޮމެޑީ "ބޫތުނާތު ރިޓާންސް" ގަ އެވެ.
މި ފިލްމްގެ އެއް ބަތޮލަކީ ރަންބީރު ކަޕުރުއެވެ. އަދި މީގެ ކުރިން ނޫސްތަކުން ވަނީ މި ފިލްމްގެ ބަތަލާ އަކަށް ނަގައިފައިވަނީ ރަންބީރު ގެ އަންހެނުން އާލިއާ ބަޓް ކަމަށް ބުނެ ފައިއެވެ. ނަމަވެސް ފަހުން މި ފިލްމްގެ ލީޑަށް ސާއި ނަގައިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރުގައި ސާއި ގެ ބަދަލުގައި ފިލްމް އިން ފެނިގެންދާނީ ޖާންވީ ކަޕޫރު ކަމަށްވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑް ހަދަން ނިންމާފައިވާ "ރާމާޔަން" ގެ ކާސްޓްގައިސަނީ ޑިއޯލް، ދެކުނުގެ ތަރިންތައް ކަމަށްވާ ޔާޝް އާއި ވިޖޭ ސެތުޕަތީ ވެސް ހިމެނެ އެވެ. ނަމަވެސް މި ނަންތަށް އަދި ރަސްމީ ފަރާތަކުން ހިއްސާ ކޮށްފައިއެއް ނުވެއެވެ.