ރާމް ގެ ނިއު ލުކް އަކީ މީ

ރާމް ގެ ނިއު ލުކް އަކީ މީ

Author
ފާތިމަތު ނާވީ
20 ފެބްރުއަރީ 2024 11:49
0

ސައުތުގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން އޭނާ ގެ 'ނިއު ލުކް' ދައްކައިލައިފިއެވެ.

މިހާރު ވައިރަލް ވެފައިވާ ފޮޓޯ ތަކުގައި ރާމް ފެނިގެންދަނީ މުޅިން ތަފާތު ހެއާ ސުޓައިލެއްގައިއެވެ. އޭނާ ގެ އައު ހެއާ ސްޓައިލް ވަރަށް ގުޅޭ ކަމަށާއި އެނާގެ އެލުކް ވެސް ވަރަށް ރީތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރާމް އަކީ ސައުތު އިންޑަސްޓްރީގެ ގުނައިލެވޭ ފަދަ ކާމިޔާބު އެކްޓަރެކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ފިލްމްއެއް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއްވެސް ހޯދައިފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ނަމަވެސް މިއީ ފިލްމް އަކަށް ތައްޔާރު ވުމުގެ ގޮތުން އޭނާ ގެނައި ބަދަލެއް ކަމަށް ނުވަތަ ނޫން ކަމެއް އަދި ނޭގެއެވެ. ރާމް އެންމެ ފަހުން ފެނިގެންދިއައީ ބޮޑު ކާމިޔާބެއް ހޯދި އަދި އިންޓަނޭޝަނަލް އެވޯޑްތަކެއްވެސް ކާމިޔާބު ކުރި ފިލްމް "އާރްއާރްއާރް" އިނެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.