ބޮލީވުޑްގެ ސްޕަސްޓާރު އާމިރު ހާންގެ ދަރިފުޅު ޖުނައިދު ހާން ބޮލީވުޑްއަށް ތައާރަފްވާ ފިލްމްގެ ޝޫޓިން މިހާރު ދަނީ ކުރިއަށެވެ. ޖުނައިދު ބޮލީވުޑް އަށް ތައާރަފް ވަނީި އަންނަ އަހަރުގައިއެވެ.
"މަހާރާޖް" ކިޔާ ފިލްމް އަކުން އޭނާ ބޮލީވޫޑްއަށް ތައާރަފްވާ އިރުގައި މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ ސާއި ޕައްލަވީ ވެސް ބޮލީވުޑް އަށް ތއާރަފް ވާނެއެވެ.
މި ހާރު ވައިރަލް ވެގެން އުޅޭ ފިލްމްގެ ސެޓުން ނަގައިފައިވާ ފޮޓޯ ތަކުގައި ވެސް ޖުނައިދު އާއި އެކުގައި ސާއި ފެނިގެންދެއެވެ. މި ފޮޓޯތަށް ވަނީ ކުޑަ ވަގިތު ކޮޅެއްގެ ތެރޭގައި ވައިރަލް ވެފައިއެވެ.
މި ފިލްމް އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްޗެކެވެ. މި ފިލްމް އަކީ 1862ވަނަ އަހަރުގެ މަޝްހޫރު މަހާރާޖް ލައިބެލް ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އިނގިރޭސީން ގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރު ހިނގާފައިވާ މި ހާދިސާއަކީ އެގައުމުގެ ދީނީ ލީޑަރަކު ފައްޅިތަކުގައި އަންހެނުންނާއެކު ޖިންސީ ގުޅުންތައް ހިންގާކަމަށް ނޫސްވެރިއަކު ލިއުނު ރިޕޯޓަކާގުޅިގެން ހިނގި މައްސަލައެކެވެ. ޖުނައިދު ޚާން ފެނިގެންދާނީ އެމައްސަލަ ބިނާވެފައިވާ ނޫސްވެރިއާ ކަރްސަންދާސް މުލްޖީގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިޗުކީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ.
ބޮލީވުޑްއަށް ޖުނައިދު ތައާރަފްވާއިރުގައި ބައްޕަފަދަ ސްޕަސްޓަރަކަށް ވެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރަން ޖެހެއެވެ. އޭނާ ފުރަތަމަ ފިލްްގެ މަސައްކަތް ފެށުމުގެ ކުރިން ވަނީ ގިނަ ޓްރެއިންނިންގ ތަކެއްވެސް ހަދައިފައިއެވެ.