މިދިއަ މަހުގެ ފަހުކޮޅުގައި އެންގޭޖްވި ބޮލީވުޑް ބަތަލާ އެމީ ޖެކްސަން ގެ ލޯބިވެރިޔާ އެޑް ވެސްޓިކް ބޭނުން ވަނީ ބޮލީވުޑްގެ ތަރިއަކަށް ވުމަށް ކަމަށް އޭނާ ބުނެފިއެވެ.
މަޝްހޫރު އެމެރިކަން ޓީން ޑްރާމާ "ގޮސިޕް ގަލް"ގެ އެއް ލީޑް އެކްޓަރު އެޑް ބުނީ ހިންދީ ފިލްތަށް ކަމުދާކަމަށާއި އެކި ޖޯންރާ ތަކުގެ އެކި ބަސްތަކުގެ ފިލްމްތަށް ކުޅެން ބޭނުންވާކަމަށެވެ.
މީޑީއާގައި ވާހަކަ ދައްކަމުން އެމީ ބުނީ އެމީހުން މިދިއަ އަހަރު ވަރަށްގިނަ ފިލްމް ބެލިކަމަށެވެ. އަދި ހުރިހާ ފިލްމް އަކީ ވެސް އޭނާގެ ފިލްމްތަށް ކަމަށް ވެސް "ސިންގް އިޒް ބްލިންގ" އިން ބޮލީވުޑްއަށް ތައާރަފްވި ބަތަލާ ބުނެފައިއެވެ. އަދި އެޑް އަށް ވެސް ބޮލީވުޑްގެ ފިލްމްތަށް ވަރަށް ކަމުދާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
އެޑް އާއި އެމީ އެންގޭޖް ވީ މިދިއަ މަހުގެ 29 ވަނަ ދުވަހުގައިއެވެ. އެމީ އެންގޭޖް ވިއ އިރުގައި މީގެ ކުރިން އޭނާ ވަނީ ޖޯޖް ކިޔާ މިހާކާއި ލޯބިގެ ގޮތުން ގުޅިގެން ދުވަސްތަކެއް ވަންދެއް އުޅެފައިއެވެ. އަދި އެދެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ. އެކުއްޖާ އަށް މިހާރު ވަނީ 5 އަހަރުވެފައިއެވެ.
ކޮމެންޓު ފޮނުވާ