އަލީ ހާޝިމް މިފަހަރު ޖަލީހަށް ހުށަހަޅުއްވާފައިވާ ހުރިހާ ލަފައެއްވެސް ހުރީ ސަރުކާރުގެ ސިޔާސަތުތަކާއި އިދިކޮޅަށް

އެމްއެމްއޭގެ ގަވަރނަރުގެ އަލީ ހާޝިމްގެ އިސްތިއުފާއަށް މަޓާޓޯއިން ގޮވާލައިފި

އެމްއެމްއޭގެ ގަވަރނަރުގެ އަލީ ހާޝިމްގެ އިސްތިއުފާއަށް މަޓާޓޯއިން ގޮވާލައިފި

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ތާށިކަން އިންތިހާއަށް ގޯސްވެގެން ދިއުމުގެ ޒިންމާ، ރެގިއުލޭޓޮރީ އޮތޯރިޓީއެއްގެ ހައިސިއްޔަތުން އެމްއެމްއޭއިން އުފަލަން ޖެހޭނެކަމަށް ވިދާޅުވެ، އެމްއެމްއޭގެ ގަވަރނަރ އަލީ ހާޝިމްގެ އިސްތިއުފާއަށް މަޓާޓޯއިން ގޮވާލައިފިއެވެ.

މަޓާޓޯއިން ނެރުނު ބަޔާނުގައި އެއެސޯޝިއޭޝަންއިން ބުނެފައިވަނީ އެމްއެމްއޭގެ އެމްއެމްއޭގެ ގަވަރުނަރުގެ އިސްތިއުފާއަށް އެ އެސޯސިއޭޝަނުން ގޮވާލަނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި ހަރުދަނާ ރެގިއުލޭޓަރީ ދައުރެއް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކަމުގައެވެ.

ރާއްޖޭގެ ޑޮލަރުގެ މައްސަލަ އިތުރަށް ގޯސްވާ މައިގަނޑު އެއް ސަބަބަކީ ލޯކަލް ބޭންކުތަކުގެ ތެރޭގައި ހުރި ބޭރު ފައިސާގެ ދަތިކަމާއި ލިކުއިޑިޓީގެ މައްސަލަތައްކަން ފާހަގަކުރަމުން، މަޓާޓޯއިން ބުނެފައިވަނީ، ލޯކަލް ވިޔަފާރިތަކަށް ލޯނު ދިނުމަށް އިސްކަން ދިނުމުގެ ބަދަލުގައި ބޭންކުތަކުން ބޮންޑަށް ފައިސާ ރީޑައިރެކްޓްކޮށް، ބާޒާރުގައި ޑޮލަރު ލިބުން އިތުރަށް ހަރުކަށިކޮށްފައި ވާކަމުގައެވެ.

ވަސީލަތްތައް ރަގަޅަށް ބޭނުން ނުކުރުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސް އެޅި، ޑޮލަރުގެ ދަތިކަން އިތުރުވެގެން ދެއެވެ. އަނެއް ބޮޑު ގޮންޖެހުމަކީ ފާއިތުވި އަހަރުތަކުގައި ދިވެހި ސަރުކާރުން ދެމެހެއްޓެނިވި ނޫންގޮތުގައި ޚަރަދުކުރުމާއި ދަރަނި ނެގުމުގެ އާދަތަކުގެ ސަބަބުން ޝައްކެއްވެސްނެތްގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމެވެ. ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި، މި ގޮންޖެހުންތަކުން އަރައިގަނެ، ވިސްނުންތެރި ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

މަޓޯޓޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މަޓާޓޯއިން ވަނީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް އަވަސް އަދި ނިންމަންޖެހޭ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. ލޯކަލް ބޭންކްތަކުގެ ތެރޭގައިހުރި ލިކުއިޑިޓީގެ މައްސަލަތައް ހައްލުކުރުމަށާއި، ލޯކަލް ވިޔަފާރިތަކަށް ލޯނު ދިނުން ޕްރޮމޯޓްކުރުމަށާއި، ގަވާއިދާ ހިލާފަށް ފައިސާގެ ވިޔަފާރީގެ ހަރަކާތްތައް ހުއްޓުވުމަށް މިހާރުން މިހާރަށް އަޅާންޖެހޭ ފިޔަވަޅުތަކެއް ހުރިކަމަށްވެސް މަޓާޓޯއިން ބުނެފައި ވެއެވެ.

ވަގުތުން ފިޔަވަޅު ނޭޅުމުގެ ސަބަބުން އިގްތިސާދު އިތުރަށް ހަލަބޮލިވެ، ދިގު މުއްދަތުގެ ތަނަވަސްކަން ގެއްލޭނެ އެވެ. ފާއިތުވި އަހަރުތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މަޓާޓޯއިން ވަނީ ރެގިއުލޭޓަރުގެ މަސައްކަތް އެކަށީގެންވާ މިންވަރަށް ނުކުރާކަން ފާހަގަކޮށްފަ އެވެ.

މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޑޮލަރު ލިބުން މަދުވުމުން ހާލަތު ވަނީ ނާޒުކު ދަރަޖައަކަށް ގޮސް ގައުމުގެ އިގްތިސާދުގެ ހަމަޖެހުމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ކަމުގައެވެ.

އެގޮތުން ޑޮލަރުގެ ދަތިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މަޓާޓޯއިން ވަނީ މިދިޔަ އަހަރު މަޓާޓޯއިން މޯލްޑިވްސް ޓޫރިޒަމް އެންޑް ފައިނޭންސްއާ ގުޅޭ ގޮތުން ނެރުނު ފުރިހަމަ ރިޕޯޓަށް އިޝާރާތްކޮށްފަ އެވެ. އެ އެސޯސިއޭޝަނުން ފާހަގަކުރާ ގޮތުގައި މި ކާރިސާގެ ސަބަބުން ވިޔަފާރިތައް ހަރުދަނާ ގޮތެއްގައި ހިންގުމާއި ބައިނަލްއަގުވާމީ ބާޒާރުގެ ޑިމާންޑްތައް ފުއްދުމުގެ ގާބިލުކަމަށް ކުރާ ނޭދެވޭ އަސަރުތަކަކީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު ދާއިރާއެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.

މަޓާޓޯއިން ބުނެފައިވަނީ، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ ޖަޕާނާއި އިނގިރޭސިވިލާތް ދާދި ފަހުން ވަނީ ރިސެޝަނަކަށް ގޮސްފައި ކަމަށާއި، ބޮޑެތި ޤައުމުތަކަށްވެސް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް މިކަންކަމުގެ ސަބަބުން ހާމަވެގެންދާކަމަށް މާޓާޓޯގެ ބަޔާނުގައި ވެއެވެ. އަދި އިޤްތިޞާދީ ނިންމުންތައް ކުރިއަށް ގެންދިއުމުގައި ވިސްނުންތެރިކަމާއެކު ފިސްކަލް ސިޔާސަތުތައް ގެންގުޅުމާއި، އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި ސަމާލުކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށް މަޓާޓޯއިން އަލިއަޅުއްވާލާފައި ވެއެވެ.

ރާއްޖޭގެ ޑޮލަރުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފިޔަވަޅު އެޅުމަށް މަޓާޓޯއިން ވަނީ ގޮވާލާފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *