ދިވެހި ފަންނުވެރިންގެ ޚާއްޞަ ޙަރަކާތެއް މެލޭޝިޔާގައި ބާއްވާނީ

ދިވެހި ފަންނުވެރިންގެ ޚާއްޞަ ޙަރަކާތެއް މެލޭޝިޔާގައި ބާއްވާނީ

Author
ހުސެއިން
18 ފެބްރުއަރީ 2024 11:34
0

ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މެލޭޝިޔާގައި މިއަހަރު ޚާއްސަ ހަރަކާތްތަކެއް ބާއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމާއެކު ބޭއްވި ކްރިއޭޓަރސް ކޮންފްލުއެންސްގެ ފަހު ސެޝަންގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ދިވެހި ފަންނުވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުން ފުރުސަތު ހޯދާ ދިނުމަށް ކުރައްވާ މަސައްކަތަކުގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެއް ކަމުގައެވެ.

އޭގެ އިތުރުންވެސް ފަންނުވެރިންނަށް ޚާއްޞަ އެކްސްޕޯއެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ނިންމަވާފައިވާކަމަށްވެސް މި ސެޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވިއެވެ. އަދި މިއީ ފަންނުވެރިންގެ ހުނަރާއި މަސައްކަތްތެރިކަން ވާދަވެރި މާހައުލެއްގައި ދައްކާލެވޭނެ އެކްސްޕޯއަކަށް ވެގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

މެލޭޝިއާގައި އަޅުގަނޑުމެން އެބަ ގަސްދުކުރަން ދިވެހި ކޮންޓެންޓް ކްރިއޭޓާރސްއަށް އެގްޒިބިޝަނެއް ބާއްވަން ޒުވާނުންނަށް. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ބޭނުންފުޅުވޭ ކްރިއޭޓަރ އިކޮނޮމީ ވަރަށް ފުޅާކުރަން.

ސައީދު ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށް ގެންދިޔަ، ކްރިއޭޓަރސް ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހިމެނުމާއި، ބީސީސީން ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ޤާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، ބޭއްވި ބައްދަލުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.