ސަރުކާރުގެ އިސްނެގުމަށް 25 ފަޅުރަށެއް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރަން ނިންމަވައި، އެ ފަޅުރަށްތަކަށް ކައުންސިލުތަކުން ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު’ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
މިދިޔަ އަހަރުގެ 25 ޖުލައިގައި އަމަލުކުރަން ފެށި އެ ގަވާއިދުގެ ފަސްވަނަ މާއްދާގެ (ށ)ގައި، ފަޅުރަށްތައް ދޫކުރެވޭނެ ތިން ގޮތެއް ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން އޮންނަނީ:
މި މާއްދާގެ ތިންވަނަ ނަންބަރުގެ ދަށުން، ރައީސްގެ އިސްނެންގެވުމުގެ މަތިން ދޫކުރަން ހުޅުވާލާފައިވާ 25 ރަށަކީ:
ގަވާއިދު ބުނާގޮތުން، ރަށްތަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. އަދި، ރަށްތަށް ދޫކުރާނެ ފަރާތްތަށް ނިންމާނީ، ވަޒީރުންގެ މަޖިލީހުގެ ހުއްދައާ އެކު ރައީސް އެވެ. މިގޮތަށް ކައުންސިލްތަކަށް ދޫކުރާ ރަށްތަށް، ރައީސްގެ ހުއްދައާ އެކު، ތިންވަނަ ފަރާތަކަށް ކުށްޔަށް ދިނުންފަދަ ކަންކަން ގަވާއިދުން ހުއްދަކުރެ އެވެ.
ރައީސް މިފަހުން ވަނީ، ރަށްރަށުގެ އިހުތިސޯސްތެރޭ ހުންނަ ފަޅު ރަށްރަށް ބޭނުންކޮށްގެން ކައުންސިލުތަކަށް ނަފާ ހޯދުމުގެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ