މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަދުވަސްވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަދުވަސްވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

Author
ހުސެއިން
17 ފެބްރުއަރީ 2024 01:18
0
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ވެމްކޯ އާއި އެމްޓީސީސީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމް އިންޑަސްޓްރިއަލް ޒޯނުގައި މިއަދު ހެންދުނު ބޭއްވި ރަސްމިއްޔާތުގައި ފައްޓަވައިދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދުފެށި ޕްރޮގްރާމްއަކީ ކުރިއަށް އޮތް މާޗް މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ.

ޕްރޮގްރާމުގެ ފުތަރަމަ ބައެއްގެގޮތުގައި މާލޭ އެކި ހިސާބުގައި ހުރި ވެހިކަލްތައް ނައްޓާލުމުގެ މަސައްކަތް ފަށާފައިވާރު އެ ފަދަ އުޅަނދުތައް ނައްތާލުމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާއިރު އެކަމަށް އެދި ލިބޭ ހުށަހެޅުންތައް ބަލައި ސައްހަ ހުށަހެޅުންތަކުގައިވާ އުޅަނދުތައް ނައްތާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރާ  މަސައްކަތެއް ކަމަށެވެ. މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގާ ނައްތާލާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.