އެމަނިކުފާނުގެ ވެރިކަމުގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދު އިތުރުކުރުމަށާއި، ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވެެއްޖެއެވެ.
ސުވާލު ޖަވާބު ޕްލެޓްފޯމް ‘ރައީސްގެ ޖަވާބް’ ގައި ލ.މާބައިދޫގެ ރައްޔިތެއް ކަމަށްވާ އާދަމް އަބްދުالله ވަނީ ރާއްޖޭގައި ފެންވަރު ރަނގަޅު މެޑިކަލް ކެއާގެ ހިދުމަތް ހޯދުމުގައި މިހާރު ހުރި ދަތިތައް ހައްލުކޮށްދިނުމަށް ރައީސަށް އިލްތިމާސްކޮށްފަ އެވެ.
އެޕޮއިންޓްމަންޓްތަކަށް ވެއިޓްލިސްޓް ދިގުވުމާއި، ބޭސްފަރުވާތަކަށް ޚަރަދު ބޮޑުވުން ފަދަ ގިނަ ދަތިތަކެއް ކުރިމަތިވެފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އޭނާގެ ސުވާލަށް ރައީސް މުއިއްޒު ރައްދު ދެއްވަމުން ވިދާޅުވީ ގައުމީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަކީ އެމަނިކުފާނުގެ ވެރިކަމުގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ސިއްހީ އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.
އަޅުގަނޑުމެން މިކުރާ އެއްކަމަކީ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ވީހާވެސް ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ވަޒީފާ އަދާކުރުން. އަދިރާއްޖޭގަ މިވަގުތު ނެތް ދާއިރާތަކުން ރާއްޖެއިން ބޭރުން ޑޮކްޓަރުން ހޯދަންވެސް އަޅުގަނޑުމެން މިވަނީ ފަށާފައި.
ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެޕޮއިންޓްމަންޓް ކެންސަލް ނުވާނެ ގޮތަށް ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތް ވެސްއެމަނިކުފާނުގެ ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ޑޮކްޓަރުން ވީހާވެސް ގިނަ ވަގުތު ޑިއުޓީގައި ހޭދަކުރާނެ ކަމަށެވެ.
އަދި އެ ބަދަލުތައް މުޅި ގައުމުގައި ތަންފީޒު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.