މާލޭގެ ގެއަކުން ހަރުފައެއް ފެނިއްޖެއެވެ.
ހަރުފަ ފެނިފައިވަނީ ވަޑާން ކުރާ ތަނެއްގެ ތެރެއިން ކަމަށާއި އަދި ހަރުފަ ފެނި ސިފައިންނަށް ރިޕޯޓު ކުރުމުން ހަރުފަ މިހާރުވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވިފައިކަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއީ ކޮންވައްތަތެއްގެ ހަރުގައެއްކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ފެނިފައިވަނީ ސައިޒުން ބޮޑު ހަރުފައެއް ކަމަށް މަންޒަރު ދުށް މީހަކު މައުލޫމާތު ދީފައި ވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާއި ގިޅޭ އެއްވެސް މަައުލޫމާތެއް ސިފައިން އަދި ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ހަރުފަ ފެނުނު ސަރަަހަށްދަށް ގޮސް، ހަރުފަ ހިފައި، އޮންނަ އުސޫލުގެ ތެރެއިން ހަރުފަ މިހާރު ނައްތާލާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ހަރުފައަކީ، ފުދޭވަރަކަށް ބޮޑު ޕައިތަން ހަރުފަ އެކެވެ. ޕައިތަން ހަރުފަ އަކީ، ވިހަގަދަ ހަރުފައެއް ނޫން ނަމަވެސް، އެއީ، ވަރަށް ބާރަށް ދަތްއަޅާ ހަރުފައެކެވެ. މި ހަރުފަ އަކީ، ނުވަ ފޫޓަށް ވުރެ ބޮޑު ނަމަ، އިންސާނުންނަށް އޭގެ ސަަަބަބުން ނުރައްކާވުމުގެ ފުރުސަތު އޮންނަ ބާވަތުގެ ހަރުފަ އެކެވެ.
ކޮމެންޓު ފޮނުވާ