ބަލައިގަތީ ކުރިމަތިލީ 368 ކެންޑިޑޭޓެއްގެ ފޯމު، ނުވަ ކެންޑިޑޭޓެއްގެ ފޯމް ބާތިލް، ނަން އަނބުރާ ގެންދިޔައީ 4 ކެނޑިޑޭޓެއް

ބަލައިގަތީ ކުރިމަތިލީ 368 ކެންޑިޑޭޓެއްގެ ފޯމު، ނުވަ ކެންޑިޑޭޓެއްގެ ފޯމް ބާތިލް، ނަން އަނބުރާ ގެންދިޔައީ 4 ކެނޑިޑޭޓެއް

Author
ހުސެއިން
16 ފެބްރުއަރީ 2024 09:12
0

އަންނަ މާރޗްމހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބަށް ކުރިމަތިލީ 368 ކެނޑިޑޭޓެއްގެ ފޯނު އިލެކެޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލީ 337 ކެންޑިޑޭޓުންނަކީ ފިރިހެނުން ކަމަށާއި، 44 ކެންޑިޑޭޓުންނަކީ އަންހެނުން ކަމަށާއި، ބާތިލް ވެފައިވަނީ ނުވަ ކެންޑިޑޭޓެއްގެ ފޯމު ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައުވަނީ މިއަދު 2:00 އަށް ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމަށް ދިން މުއްދަތުގައިން ނަން އަނބުރާ ގެންގޮސްފައިވަނީ 4 ފަރާތަކުން ކަމުގައެވެ.

މިއަދު 2:00 ގެ ފަހުން ކުރިޔަށް ގެންގޮސްފައިވަނީ އިލެކްޝަންސްއިން ބަލައިގަތް ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުގެ މަސައްކަތެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާ ހިމެނޭއިރު، މިދާއިރާތަކަށް ސިޔާސީ ހުރިހާ ޕާޓީތަކުން މިހާރު ވަނީ ކެންޑިޑެސީ ފޯމުތައް ހުށަހަޅައިފައެވެ.

މާޗު 17 ގައި އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވާއިރު، ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ. އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.