ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދި ތަރުތީބު ކޮށްފިއެވެ.
މި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
އެ މުއްދަތުގައި އިންތިހާބުގައި ވާދަކުރުމަށް 381 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ އަންހެން ބޭފުޅުންގެ އިންސައްތއަކީ 10.76 ޕަސަންޓްއެވެ.
އިންތިހާބުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމާއި ނަން ތަރުތީބުކުރުން ކުރިޔަށް ދިޔައީ މިއަދު ހަވީރު 2:00 އިން އިރުއޮއްސި 6:00 އަށެވެ.
އިލެކްޝަންސް ކޮމޮޝަނުން ބުނެފައިވަނީ، ގުރުއަތުލުން މިއަދު ފެށުމުގެ ކުރިން ދެ ބޭފުޅަކު ނަން ނަގާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީ، ޖޭޕީ، ޕީޕީއެމް / ޕީއެންސީ އަދި ބައެއް އަމިއްލަ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ.
ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު ފަސްކޮށްފަ އެވެ.
މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގު ކުރެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ