ވާނުވާ ބަންދު އުވާލަން ގޮވާލާ މިއަދު ބޭއްވުމަށް ހަމަޖެއްސި އިހުތިޖާޖެއް ނުބޭވުމަށް ފުލުހުން އަންގައިފިއެވެ.
ވާނުވާ" ބަންދު އުވާލުމަށް ގޮވާލާ އެއްވުން ކުރިޔަށް ގެންދިއުމަށް ނިންމީ މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗް އިންނެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ވާނުވާ އުވާލާ" އިވެންޓު ހުއްޓާލުމަށް ދިވެހި ފުލުހުންގެ އިދާރާއިން އަންގާފައިވާ ވާއިރު، މި އިވެންޓު ކުރިއަށް ގެންދިއުމަށް ބޭނުންވާ ސަރަހައްދުގެ ހުއްދަ ސިޓީ ކައުންސިލުން ހޯދާ، އަދި އިވެންޓުގެ އިންތިޒާމުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްބާރުލުމާއި އެކު ކުރިއަށް ގެންދިއުމަށް އެ އިދާރާއާއި އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ފުލުހުންގެ އިދާރާއިން މި އިވެންޓަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ، އިވެންޓު ކުރިޔަށް ނުގެންދިޔުމަށް ލިޔުމަކުން ރޭގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން އަންގާފައިވާ ކަމަށާއި، އެ އަމުރާ ހިލާފުވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ދީފައިވާ ކަމަށެވެ.
ކުރީގައި އަޅުގަނޑުމެން މީޓްވެސް ކުރިން، ހުއްދަވެސް ލިބުނު، ފަހު މިނެޓުގައި ރޭގަ ދަންވަރު ލިޔުމުން މި އަންގަނީ އެއްވުން ނުބޭއްވޭނެ ކަމަށް. އެމީހުންގެ ސީނިއަރ ކޮމެޓީއަކުން އޮގޮތަށް ނިންމީ. އަޅުގަނޑުމެން ކުރިން އަންގައިގެން ކުޑަކުދިންނާވެސް އެއްކޮށް ބައިވެރިވެވޭ ގޮތަށް ސުލްހަވެރި އިވެންޓެއް، އެއްވެސް ޕޮލިޓިކަލް ބައިވެރިވުމެއް ނެތް.
މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުންނާއި ހަވާލާދީ އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ އެއްވުންތައް ބޭއްވޭނީ ފުލުހުންގެ ހުއްދައާއިއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ސަރައްހައްދެއްގައި އެކަނި ކަމަށް އަންގާފައިވާ ކަމުގައެވެ.
މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗްއިން ބުނެފައި ވަނީ، އެ ޖަމިއްޔާގެ ރަސްމީ އެންމެހައި ހަރަކާތްތަކަކީ މުއައްސަސާތަކުގެ ހުއްދައާއި އެކު ހިންގާ ސުލްހަވެރިކަމާއެކު ހިންގާ ހަރަކާތްތަކެއް ކަމުގައެވެ.
އެހެންކަމުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭ އިތުރު އިންތިޒާމްތައް ހަމަޖައްސައިގެން ޙައްޤުތައް ހޯދުމަށް މިކުރެވޭ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މިއަދު އިވެންޓު ނުބޭއްވުނު ކަމުގައިވިޔަސް މި އިވެންޓު އެހެން ދުވަހަކުން ކުރިޔަށް ގެންދާނެ ކަމަށްމޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗްއިން ބުނެފައެވެ.
ކޮމެންޓު ފޮނުވާ