ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވިފައި އޮތް މުއްދަތު އިއްޔެއަށް ހަމަވެގެން ދިޔައިރު، އިންތިޚާބަށް ކުރިމަތިލީ އެންމެ %10 އަންހެން ބޭފުޅުން ކަމުގައި އިލކެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް، އިލެކްޝަންސް ކޮމިޝަނުން، ކެނޑިޑެންސީ އާ މެދު، ނިންމި ނިންމުން، ރޭގެ ނިޔަލަށް، އީމެއިލްގެ ޒަރީއާއިން، އަންގަވާނެ ކަމުގައެވެ. އަދި ސައްޙަނޫން ކަމަށް ނިންމި ނިންމުންތައްވެސް އެ ކެންޑިޑޭޓުންނަށް ރޭ ލިބިވަޑައިގަންނަވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން % 10.76 އިންސައްތައަކީ އަންހެން ބޭފުޅުން. މާދަމާ (މިއަދު) މެންދުރުފަހު 14:00 ން ފެށިގެން ގުރުއަތުލުން އޮންނައިރު، ޝަރުތު ހަމަވާ ކެންޑިޑޭޓުންނަށް ދަރުބާރުގެއަށް ގުރުއަތު ނެންގެވުމަށް ވަޑައިގަންނަވަންވީ ގަޑިވެސް މިރޭ (ރޭ) އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނަށް ދަންނަވާނެ. އަދި ގަޑިތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވެސްވާނެ.
ހަބީބުގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
އެންމެ %10 އަންހެން ބޭފުޅުން އިންތިޚާބަށް ކުރިމަތި ލާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް އިންތިޚާބަށް ވާދަކުރަނީ އެންމެ އަންހެން ބޭފުޅެކެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުންވެސް އަންހެން ބޭފުޅުން މަޖިލިސް އިންތިޚާބަށް ވާދަކުރާ އަދަދު ވަަރަށް މަދުކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ