ވާނުވާ" އުވާލަން ގޮވާލާ މާދަމާ އިހުތިޖާޖަށް ނުކުންނަނީ

ވާނުވާ" އުވާލަން ގޮވާލާ މާދަމާ އިހުތިޖާޖަށް ނުކުންނަނީ

Author
ހުސެއިން
15 ފެބްރުއަރީ 2024 07:12
0

ވާނުވާ ބަންދު އުވާލަން ގޮވާލާ މާދަމާ އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗް އިން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއި އެއްގޮތައް ވާނުވާ ބަންދު އުވާލައި، އަދި ކުށެއް ސާބިތު ނުވެ ވަކި ގޮތެއް ނުނިންމައި ބައިތިއްބާ ބޭތިއްބުން ނިމުމަކަށް ގެނައުން އަވަސް ކުރުމަށް ގޮވާލައި މާދަމާ ހަވީރު އިހުތިޖާޖެއް އޮންނާނެ ކަމަށެވެ.

މި އިހުތިޖާޖު އޮންނާނީ މާދަމާ ހަވީރު 4:15 ގައި ރަސްފަންނުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

މިފަދަ އިހުތިޖާޖެއް ކުރުމަށް ނިންމާފައިވާއިރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ބޮޑުވެފައިވަނީ ޝަރީއަތްތައް ހިންގުން ލަސްވުމުން ކަމަށެވެ. އަދި ވާނުވާ ބަންދުގައި ތިބޭ މީހުންނަކީ، ދެ ގޮތަކަށް ބަންދު ކުރެވިފައިވާ މީހުން ކަމަށާއި އެއީ ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާ މީހުންނާއި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުން ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެހެންވީމަ އެއަކު ވާނުވާ ނޭނގިއެއް ނެތެއް ނޫންތޯ؟ ވާނުވާ ހަމަ ވަރަށް ސާފު. މީގައި ޖެހިގެން އުޅޭ މައްސަލައަކީ، ޝަރީއަތް ނިމެންދެން ކިހާ ދުވަހެއްތޯ،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.