މާފުށީގައި ޑޮލަރު އޭޓީއެމްއެއް މިއަހަރު ބަހައްޓަނީ

މާފުށީގައި ޑޮލަރު އޭޓީއެމްއެއް މިއަހަރު ބަހައްޓަނީ

Author
ހުސެއިން
15 ފެބްރުއަރީ 2024 01:27
0

މާލޭ ކައިރީގަ އޮތް މާފުށީގައި މިއަހަރު ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ބޭންކު އޮފް މޯލްޑިވްއާއި ގުޅިގެން ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފުށީގެ ރައްޔިތެއް ކަމުގައިވާ ކ. މާފުށީ، ޖަމްބުމާގެ، އަހުމަދު ސަމީރު، "ރައީސްގެ ޖަވާބު" ސެގްމަންޓްގައި ރައީސް މުއިއްޒުއާއި ސުވާލު ކޮށްފައިވަނީ، މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމުގައެވެ.

ސަމީރުގެ ސުވާލުގައި އޭނާ ބުނެފައިވަނީ މާފުށީގެ އެއްފަޅި އެއްކޮށް ހިއްކާދޭނަކަމަށް ރައީސް މުއިއްޒު ވައުދުވި ކަމަށާއި، އެކަންވެސް ވާނީ ކޮންއިރަކުންތޯއެވެ. އަދި އޭގެ އިތުރުން ޑޮލަރު ލިބުމަށް ސަލާމް ޖަހަންޖެހޭ ކަމަށާއި، ޑޮލަރުގެ ދަތިކަން ފިލައިގެންދާނީ ކޮން އިރަކުންތޯވެސް އޭނާ ސުވާކޮށްފައި ވެއެވެ.

ސަމީރުގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ބޭންކު އޮފް މޯލްޑިވްސްއާއި ވާހަކަ ދައްކަވައިގެން މިއަހަރު ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިޔައް ގެންދަވާނެ ކަމުގައެވެ.

މާފުށީގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަޑު ވީ ވައުދެއް. އަދި ކޮންމެހެން ކުރަންޖެހޭކަމެއް. އަޅުގަޑުމެން ބޭންކް އޮފް މޯލްޑިވްސްއާއި ވާހަކަ ދައްކައިގެން އިރާދަ ކުރެއްވިއްޔާ މިއަހަރުތެރޭގަ އަޅުގަޑުގެ ޓާގެޓަކީ ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން.

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާފުށީގެ ބިން ހިއްކުމަކީވެސް އެމަނިކުފާނު ވީ ވައުދެއް ކަމަށާއި، އެހެންނަމަވެސް މިއަހަރު ތެރޭ އެމަސައްކަތް ނުފެށުނު ނަމަވެސް، އެންމެ ފަހު އަހަރަށް ނުބަހައްޓާ، ވަރަށް ބޮޑު އިސްކަމެއް ދީގެން ވަރަށް އަވަހަށް އެމަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.