ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މަޤާމާއި ހަވާލުވިތާ 2 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ފެނަކައިގެ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ބާއްވާ މިބައްދަލުވުމަށް ފެނަކައިގެން ހުރިހާ މުވައްޒިފުންނަށް ވަނީ އިންޓަރނަލް މެމޯ އަކުން ދައުވަތު ދެވިފަައެވެ. މިމަހުގެ 14 ވަނަ ދުވަހު ފެނަކައިގެެ ހުރިހާ ޑިޕާޓްމަންޓަަކަށް ފޮނުވާފައިވާ މި މެމޯގައިވަނީ ފެނަކައިގެ 08 ވަނަ އަހަރީ ދުވަހާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަޤާމާއި ހަވާލުވިތާ 02 އަހަރު ފުރުމުގެ މުނާސަބަތުގައި ކްލަބުން އިންތިޒާމް ކޮށްގެން މުވައްޒަފުންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިަފއިވާކަމަށެވެ.
މި ހަފްލާ މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޑްރެސްކޯޑެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެހަފްލާގައި ހުރިހާ ފިރިހެން މުވައްޒިފުން ހުދު ގަމީހާއި ޕެސްޓެލް ކުލައެއްގެ ޓައި، އަދި އަންހެން މުވައްޒިފުން "ފްލޯރަލް" ރަސްމީ ހެދުން / "ގައުން" ބޭނުން ކުރުމަށް ވަނީ އެދިފައެވެ. މި ބައްދަލުވުމުގައި އެންމެހާ މުވައްޒަފުން ބައިވެރިވެދެއްދުމަކީ ކްލަބުގެ އަދި މެނޭޖްމަންޓުގެ ވަރަށް ބޮޑު އެދުމެއްކަމަށް މި މެމޯގައި ބުނެފައިވެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަ އަހުމަދު ސައީދުވެސް ވަނީ އޭނާ މަޤާމާއި ހަވާލުވެގެން މިވީ ދުވަސްތަކުގައި ކުންފުނީގެ މުވައްޒިފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށް ޓްވީޓެއްވެސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ