މިތުން ގެ ހާލު ރަނގަޅު

މިތުން ގެ ހާލު ރަނގަޅު

މި ހަފްތާގެ ކުރީކޮޅުގައި ސްޓްރޯކެއް ޖެހިގެން އެޑްމިޓް ކޮށްފައިވާ ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބޮތީ ގެ ހާލު މިހާރު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ގެއަށް ދޫކޮށްލާނެ ކަމަށް މީޑީއާއިން ރިޕޯޓް ކޮށްފިއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، 73 އަހަރުގެ މިތުންގެ މެއަށް ތަދެއް އަރައިގެން ކޮލްކަތާގެ އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިއެވެ. އަދި އޭނާ އެޑްމިޓްކުރި ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ އޭނާ ވަނީ އިސެމިކް ސެރެބްރޯވަސްކިއުލާ ސްޓްރޯކް އަށް ޑައިގްނޯސް ކޮށްފަ އެވެ.

އަދި މިހާރު މިތުން އާންމު ހާލަތަކަށް އައިސްފައިވާ ކަމަށާއި މާގިނަ ދުވަހެއް ނުވެ ގެއަށް ދޫކޮށްލާނެ ކަމަށްވެސް ވަނީ ބުނެފައިއެވެ. އަދި މިހާރު އޭނާގެ ގާތް މީހުން އޭނާ އަށް ޒިއާރަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ކިޑްނީގައި ހިލަ އުފެދިގެން 2022 ގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. ފިލްމީ ދާއިރާއާ ދުރުގައި އުޅެމުން އަންނަ މިތުން މިހާރު ގިނައިން ފެންނަނީ ސިޔާސީ މަސައްކަތްތަކުގައި އުޅޭ ތަނެވެ. އޭނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މިދިޔަ ދައުރުގެ މެމްބަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *