ޓިވީ ބަތަލާ ދިޝާ ޕަރްމަރް އާއި ރާހުލް ވައިދްޔާ ގެ ދަރިފުޅު ނަވްޔާ މީޑިއާއަށް ދައްކައިލައިފިއެވެ. މީގެ ދެދުވަހެއް ކުރިން އެއާޕޯޓްގައި އެދެމީން ދަރިފުޅާއި އެކުގައި އުޅެނިކޮން މީޑިއާއިން ފޮޓޯ ނަގަން ފެށުމުން އެމީހުން ވަނީ ދަރިފުޅު ރީތިކޮށް ފެންނާނެ ހެން ދައްކައިލައި ފޮޓޯ ނެގުމަށް ފުރުސަތު ދީފައިއެވެ.
ޓީވީ ސިލްސިލާ ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މި ދިއަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުގައިއެވެ. އެއީ އެމީހުންގެ އަލަތު ދަރިފުޅެވެ.
މި ޑްރާމާގައި ނަކޫލް ރާމްގެ ރޯލު ކުޅުނުއިރު ދިޝާ ވަނީ ޕްރިޔާގެ ރޯލު ކުޅެފައިއެވެ. އަދި ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ އަކީ ބޮޑު ކާމިޔާބީއެއް ހޯދި ކެމިސްޓްރީއެކެވެ. "ބަޑޭ އައްޗޭ ލަގްތޭ ހޭ 3″ 25 މެއި 2023 ގައި ޕްރިމިއާކޮށްފައި ވާއިރުގައި އޮފް އެއާ ކުރަން ފެށީ އޮގަސްޓް 11، 2023 ގަ އެވެ.