ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ދުބާއީގެ ވެރިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި މިނިސްޓަރ ފޮރ ޑިފެންސް، ހިޒް ހައިނެސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް، ރާޝިދު އަލް މަޚްތޫމްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ 2024 ވަނަ އަހަރުގެ ވޯލްޑް ގަވަރމަންޓް ސަމިޓްގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އޭގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ކަންކަމުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ޔޫއޭއީއާ ދެޤައުމުގެ ދެމެދުގައި ވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުން ވެސް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.