ވެރިކަންކުރާ ޕީއެންސީއަށްވުރެ އަދިވެސް އިޚްލާސްތެރި މެމްބަރުން ގިނަވާނީ އަދިވެސް ޕީޕީއެމްގައި ކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ޕީޕީއެމާއި ޕީއެންސީގެ މެންބަރުންގެ އަދަދާއި، އެ މެންބަރުންގެ ފިކުރާއި ގުޅޭގޮތުން ޔާމިން ވާހަކަ ދައްކަވާފައިވަނީ އެމަނިކުފާނު އުފައްދާ ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާންމު އުސޫލުން ޔާމިން ރޭވެސް ވާހަކަ ދައްކަވާފައިވަނީ، ޕޯޑިއަމްގައި ވާހަކަ ދެއްކެވި ބޭފުޅެއްގެ ވާހަކައަށް ކުރެއްވި ކޮމެންޓެއްގެ ގޮތުގައެވެ.
ޕީއެންސީއަށްވުރެ އިޚްލާސްތެރި މެމްބަރުން ޕީޕީއެމްގައި ގިނަވާނެކަމަށް ވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވީ އެހެންނަމަވެސް ޕީޕިއެމްގެ ޓިކެޓުގައި އެއްވެސް ފަރާތަކުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހަށް ވާދަ ނުކުރާ ކަމުގައެވެ.
ރާއްޖޭގައި އަދިވެސް ޕީއެންސީއަށްވުރެން ތިން ހަތަރު ގުނަ ގިނައިން އުޅޭނީ ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން. ދެން ޕީޕީއެމަކުންނެއް އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވާ.
ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ، ޕީޕީއެމްއިން މެމްބަރުން ޕީއެންސީއަށް ނުގެންދަވާނެކަމަށް އެޕާޓީގެ އިސްވެރިން ކުރިން ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށްދަންދެން އެޕާޓީއަށް ގެންދަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ މެމްބަރުންވެސް ހިމެނޭކަމަށް ވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވޫ ޕީއެންސީން ދެއްކި ވާހަކަތަކުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަމުގައެވެ.
ހަމައެއާއެކީ ފުރަތަމަ ގުނަމުން އައީ ޕީޕީއެމް އެއްވެސް މެންބަރަކު ޕީއެންސީއަށް ގެންނާކަށް އެބޭފުޅުން މަސައްކަތެއް ނުކުރާނަމޭ. ދެން ފަހުން ފެނިގެން ދިޔައީ ބައެއް ދާއިރާތަކުގައި ރަށު ކައުންސިލް ނޫނީ ސްޓީރިން ކޮމިޓީއާ އެކީ އެއްކޮށް ޕީޕީއެމުން ޕީއެންސީއަށް ބަދަލުކޮށްލި. ދެން މިހިސާބުން ޕީއެންސީން އެދެއްކި އެއްވެސް ވާހަކައެއްގައި އިހްލާސްތެރިކަމެއް ނެތްކަން އަޅުގަނޑަށް ގަބޫލު ކުރެވުނު.
ޔާމިން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ