އޭސީސީން ހައިސިން މިނިސްޓްރީއާއި ހިއްސާކޮށްފައިވަނީ ފޯމުގެ ނަންބަރު އެކަނި ހިމެނޭ ލިސްޓެއް ކަމަށާއި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީން އަދި މިނިސްޓްރީއަށް ދީފައި ނުވާކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ މިލިސްޓުގައި ހިމެނޭ މީހުން ކަށަވަރު ކުރެވޭނީ ޕޯޓަލަށް އެކްސެސް ލިބުމުންކަމަށެވެ.
3 ދުވަހުގެ ތެރޭގައި އެކްސެސް ލިބޭނެ. އޭރުން ލިސްޓުގައި ހިމެނޭ މީހުން ކަނޑައެޅިގެން އެނގޭނީ. އޭރުން އިތުރަށް މަޢުލޫމާތު ޔަގީންކޮށް، ގުޅައި އެމީހުން ގެނެސް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން. 2 ހަފްތާއިން މި މަސައްކަތް ނިމޭނެ.
ހައިދަރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ އޭސީސީން ފޮނުވާފައިވާ ޝަރުތު ހަމަވާ %20 މީހުންގެ ލިސްޓުގައި ހިމެނެނީ 724 މީހުންކަމަށެވެ.
ކޮމެންޓު ފޮނުވާ