ދެތިން މަސް ތެރޭ ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނެ: ސައީދު

ދެތިން މަސް ތެރޭ ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނެ: ސައީދު

ގުޅުންހުރި

ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހައްލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިއަދު ފަށާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޑޮލަރުގެ ތާށިކަން ކުރިމަތިވުމުގައި ދެކަމެއް ދިމާވެގެން އުޅޭ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ މި ހާލަތު މި އައީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުން އައި ފައިސާތައް ނިމިދިޔަ ސަރުކާރުން އެއްކޮށް ހުސްކޮށްފައިވުމުންނެވެ.

އޭގައި ހުރި ފައިސާތަކެއް ވެސް ހުރީ ނަގާފައި. އެއީ އަޅުގަނޑުމެން ޑެޓް ރީޕޭމަންޓަށް ކަލެކްޓް ކުރަމުން އައި ފައިސާތަކެއް. ޑެޓެއް މި ކްރިއޭޓް ކުރީ އެއާޕޯޓް ވެސް ނުނިމި ވެސް ހުރީ. އަނެއްކޮޅުން ތެލުގެ އަގަށް އައި ބަދަލުތަކާ ވެސް އެކު ޑޮލަރަށް އޮންނަ ނީޑް އިތުރުވުމާއި އޭގެ ސެކިއުރިޓީ ވެސް މުހިންމުވެގެން މިއުޅެނީ. އެހެންވެ، މިހާރު މި އުޅޭ އިޝޫއަކީ ބްލެކް މާކެޓެއް އޮވެފައި އެ މާކެޓަށް ވިޔަފާރިތަކެއް ބަރޯސާވެގެން އުޅޭ މައްސަލަ. އެ މައްސަލަ އަޅުގަނޑުމެން ހައްލުކޮށް ކުރިއަށް އޮތް ދެތިން މަސްް ތެރޭގައި ހައްލަކަށް އެޅިގެންދާނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ.

ސައީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ، ސައީދު ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް ފަށައިގަންނަން މިހާރު ބިންގާ އެޅިއްޖެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ