"ސަރުފީރާ" ގެ ޓީޒާއެއް

"ސަރުފީރާ" ގެ ޓީޒާއެއް

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2024 07:56
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމް "ސަރުފީރާ" ގެ ޓީޒާއެއް އާންމު ކޮށްފިއެވެ.

މި ފިލްމް އަކީ އިންޑިއާގެ ބަޖެޓް އެއާލައިން، "އެއާ ޑެކަން" އުފެއްދި ޖީއާރް ގޯޕިނާތަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. ބައޯޕިކް ފިލްމް ތަކަކީ އަކްޝޭ އަށް އައު ވައްތަުގެ ފިލްމް ތަކެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ބައޯޕިކް ތަކުން ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

"ސަރުފީރާ" ހަދާފައި ވަނީ ޑައިރެކްޓަރު ސުދާ ކޮންގަރާއެވެ. މި ފިލްމް އަކީ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާއާ އެކީ ގެނެސްދިން ފިލްމު "ސޫރަރައީ ޕޮއްޓުރޫ" އަސްލަކަށް ބަލައިގެން ވެސް ހަދާ ފިލްމްއެކެވެ.

އެ ފިލްމަކީ 68 ވަނަ ނެޝަނަލް އެވޯޑްސްގައި ފަސް އެވޯޑް ހޯދި ފިލްމެކެވެ. އެއީ ސޫރިއާ އަށް ލިބުނު މޮޅު އެކްޓަރުގެ އެވޯޑާއި އަޕަރްނާ އަށް ލިބުނު މޮޅު ބަތަލާގެ އެވޯޑާއި ބެސްޓް ފީޗާ ފިލްމުގެ އެވޯޑާއި ބެސްޓް ސްކްރީންޕްލޭގެ އެވޯޑްގެ އިތުރުން ބެސްޓް ބެކްސްކޯ އެވެ.

"ސަރުފީރާ" ގެ ކާސްޓްގައި ރާދިމާ މަދަން އާއި ޕަރޭޝް ރާވަލް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.