އިންވެސްޓްމަންޓް ވެބިނާރގެ މަގުސަދަކީ ރާއްޖޭގެ ވިޔަފާރީގެ ފުރުސަތު ޖަޕާނުގެ ކުންފުނިތަކަށް ހާމަ ކޮށްދިނުން

ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއިން އިސްނަގައިގެން އިންވެސްމަންޓް ވެބިނާރއެއް ބާއްވައިފި

ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއިން އިސްނަގައިގެން އިންވެސްމަންޓް ވެބިނާރއެއް ބާއްވައިފި

ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން އިސްނަގައިގެން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި އަދި ވިޔަފާރީގެ ފުރުސަތުތަކާ ގުޅުން ހުރި މައުލޫމާތު ޖަޕާނުގެ ކުންފުނިތަކަށް ދިނުމަށް، އިންވެސްޓްމަންޓް ވެބިނަރއެއް މިއަދު ބާއްވައިފިއެވެ.

މިވެބިނަރއަކީ، ޖަޕާނުގެ މިނިސްޓްރީ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ (މެޓީ) އާއި ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނިޒޭޝަން (ޖެޓްރޯ)އާއި ގުޅިގެން ޖަޕާންގައި ހުންނަ ދިވެހި އެމްބަސީން އިންތިޒާމްކުރި އިންވެސްޓްމަންޓް ވެބިނާއެކެވެ. މިވެބިނާގައި ރާއްޖޭގެ ފަރާތުން ބައިވެރި ވެފައިވަނީ، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ފިޝަރީޒް މިނިސްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިންނެވެ. މިއިން ކޮންމެ މިނިސްޓްރީއަކުންވެސް، އެމިނިސްޓްރީތަކާއި ގުޅުންހުރި ދާއިތާތަކުން ރާއްޖޭގައި ލިބެންހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ޕްރެސެންޓޭޝަންތައް ހުށަހަޅާފައި ވެއެވެ. އަދި މީގެ އިތުރުން މި ވެބިނާގައި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އިންވެސް ބައިވެރި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ އޭޖެންސީން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ޖަޕާންގެ ކުންފުނިތަކާ ހިއްސާ ކޮށްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންވެސްޓްމަންޓް ވެބިނާރގައި، ޖަޕާނުގެ 100 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. އަދި ބައެއް ކުންފުނިތަކުން، ރާއްޖޭގައި މިހާރު ހިންގަމުންދާ ބައެއް އިންވެސްޓަމަންޓްތަކާ ގުޅޭ މައުލޫމާތުތައް ވެސް މި ފޯރަމްގައި ހިއްސާ ކޮށްފައި ވެއެވެ.

ޖަޕާނަކީ ޒަމާނުއްސުރެއް ރާއްޖެއަށް އިންވެސްޓްމަންޓާ ވިޔަފާރީގެ ދާއިރާއިން ބޮޑެތި އެހީތައް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

އަދި ކޯވިޑް19 ކާރިސާއާއި ގުޅިގެން މިކާރިސާއިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޖަޕާން ސަރުކާރުން ވަނީ ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. އަދި ދާދިފަހުން ޖަޕާން ސަރުކާރުން ވަނީ ރާއްޖޭގެ އިންސާނީ ވަސީލަތްތައ ތަރައްގީ ކުރުމަށް އެހީތެރި ވެދިނުމުގެ ގޮތުން، ގްރާންޓް އެއިޑްގެ ގޮތުގައި، 128 ޖަޕަނީސް ޔެންގެ އެހީއެއްވެސް ރާއްޖެއަށް ފޯރުކޮށް ދީފައެވެ. މި އެހީގެ ދަށުން ކުރިޔަށް އޮތް 4 އަހަރުދުވަހުގެ ތެރޭގައި ޖަޕާނުގައި ދިވެހި 6 ދަރިވަރަކަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *