ދީޕިކާ އަށް ދެވަނަ ދަރިއަކު ލިބެނީ

ދީޕިކާ އަށް ދެވަނަ ދަރިއަކު ލިބެނީ

Author
ފާތިމަތު ނާވީ
14 ފެބްރުއަރީ 2024 12:18
0

"ސަސުރާލް ސިމަރް ކާ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ބަތަލާ ދީޕިކާ ކައްކަރު އިނީ ދެވަނަ ދަރިއަކަށް ބަލިވެ ކަމަށް މީޑީއާ ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

ޓިވީ އިންޑަސްޓްރީގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ ދިޕިކާ ކައްކަރް އާއި ޝޯއެބް އިބްރާހިމް އަށް ފިރިހެން ކުއްޖަކު ލިބުނީ 21 ޖޫން 2023 ގައިއެވެ. އޭގެ އަށެއްކަ މަސް ފަހުން އަނެއްކައިވެސް އޭނާ ބަލިވެ އިންކަމަށް މީީޑިއާ އިން މިވަނީ ރިޕޯޓް ކޮށްފައިއެވެ.

ކަލާސް ޓީވީ އިން ދައްކަމުން އަންނަ "ޖަލަކް ދިކްލާޖާ" ގެ 11 ވަނަ ސީޒަން ގައި ވާދަކުރާ ޝޯއެބް އަށް ތާއީދު ކުރުމަށް ދީޕިކާ ވަނީ އެ ޝޯވ ގެ ސެޓަށް ގޮސްފައިއެވެ. އެސެޓުގެ ބޭރުގައި އެމީހުން ވަނީ މީޑިއާއަށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފައިއެވެ.

 

View this post on Instagram

 

A post shared by Dipika (@ms.dipika)

އެދެމަފރިިންނާއި އެމީހުންގެ އަލަތު ދަރިފުޅާއި އެކުގައި ނަގައިފައިވާ މި ފޮޓޯތަށް ވަނީ ވައިރަލް ވެފައިއެވެ. އަދި އެއާއި އެކުގައި ގިނަ ބަޔަކު ވަނީ ދީކިޕާ ބަނޑުބޮޑު ކަމަށް ބުނެފައިއެވެ. ނަމަވެސް އެދެމަފިރިންގެ ފަރާތުން ރަސްމީކޮން މިހަބަރު އިއުލާނެއްވެސް އަދި ކަށަވަރެއްވެސް ކޮށެއް ނުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.