މާހިރާ ހާން ބަނޑުބޮޑު

މާހިރާ ހާން ބަނޑުބޮޑު

Author
ފާތިމަތު ނާވީ
15 ފެބްރުއަރީ 2024 01:53
0

މިދިއަ އަހަރު ދެވަނަ ކައިވެންޏެއް ކުރި ޕާކިސްތާން ގެ މަޝްހޫރު ބަތަލާ މާހިރާ ހާން އިނީ އޭނާގެ ދެވަނަ ދިރިއަށް ބަލިވެ ކަމަށް މީޑީއާއިން ރިޕޯޓް ކޮށްފިއެވެ.

ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާގެ ގޮތުގައި ފާހަގަކޮށްލެވޭ މާހިރާ އާއި ވިޔަފާވެރިއެއް ކަމަށްވާ ސަލީމް ކަރީމް ކައިވެނިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ. މިއީ މާހިރާގެ ދެވަނަ ކައިވެންޏެވެ.

އޭނާ ފުރަތަަމަ ކައިވެނި ކުރިވިގެން ދިއައީ އަލީ އަސްކަރީ އާއިއެވެ. 2007 ވަނަ އަހަރު ގައި ކުރެވުނު އެކައިވެނި ރޫޅީގެން ދިއައީ 2015 ވަނަ އަހަރުގައިއެވެ. އެކައިވެނިން މާހިރާއަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ. އެއީ މިހާރު 14 އަހަރުގެ އަޒްލާން އެވެ.

މީޑިއާތަކުން ބުނީ 39 އަހަރުގެ ބަތަލާ ބަލިވެއިނުމާ ގުޅިގެން އޭނަ އަށް ދާދި ފަހުން އޮފާކުރި ދެ ޕްރޮޖެކްޓެއް ވެސް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ އަންނަނީ އަރާމު ކުރަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Mahira Khan (@mahirahkhan)

"ހަމްސަފަރު" ފަދަ ކާމިޔާބު ސިލްސިލާތައް ކުޅެފައިވާ މާހިރާގެ އެންމެ ފަހުގެ ސިލްސިލާ އަކީ މިދިޔަ އަހަރުގެ "ރާޒިއާ" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ކާމިޔާބު ފިލްމް "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.