އެމް.އާރު.އެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެމް.އާރު.އެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެމް.އާރު.އެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޤާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފި.
— Maldives Reform Movement (@MRM_Office) February 12, 2024
ސިވިލް ކޯޓުގެ ހުކުމަށްފަހު އެޕާޓީ ބާނީ ކުރީގެ ރައީސް މައުމޫން ވަނީ އެމް އާރް އެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ސިވިލްކޯޓުން މިއަދު ނިންމާފައިވާތީ މާތް ﷲ އަށްޙަމްދާޝުކުރުކޮށް އެމް އާރް އެމްގެ ލޮބުވެތިމެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާދަންނަވާކަމަށް ވިދާޅުވެފައެވެ.
ގާނޫނުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުން ތިބެވޭނެ ކަމަށް ބުނާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމީ ޕާޓީތަކުގެ މެންބަރުންގެ ގާނޫނީ އަދަދު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ދިން މުއްދަތުގައިވެސް އެކަން ނުވުމުންނެވެ.
ފާއިތުވި އަހަރުގެ މޭމަހުގެ 24 ގައި އީސީއިން ނިންމި މި ނިންމުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް އެމްއާރުއެމްއިން ބުނެފައި ވެއެވެ.