ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް، ރައީސް ޔާމިންގެ ވެރިކަމުގައު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ޝަހީރު އައްޔަންކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
.ޝަހީރު އެސްޓީއޯގައި 29 އަހަރު ޚިދުމަތް ކުރެެއްވިއެވެ. އެސްޓީއޯގެ އެމްޑީކަމުން ޝަހީރު އިސްތިއުފާ ދެއްވީ ނޮވެމްބަރު 15، 2018 ގަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދަރަނީގެ މައްސަލަ އެންމެ ބޮޑު ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުއާޒު މުހައްމަދު ރަޝީދެވެ.