އަމީނަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އަމީނަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ގުޅުންހުރި

‏ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން މުޙައްމަދު އަމީން މައްޗަށް ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޓެރަރިޒަމްގެ ކުށެއްގައި 27 އަހަރަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފާއިތުވި ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ.

އަމީންގެ މައްޗަށް ދައުވާ ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވާ ކަމަށް ބުނެއެވެ.

އަމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ މާބޮޑު ތަފްސީލެއް މިހާތަނަށްވެސް މީޑިއާތަކަށް ލިބިގެން ގޮސްފައެއް ނުވެއެވެ. އަމީން 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކްރިމިނަލް ކޯޓުގެ ދެ ގަޒިއްޔާ ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަންގާރަ ދުވަހު ކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.

އަމީންގެ އައިލާއިން މީގެކުރިން ބުނެފައިވަނީ އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މަރުހަލާގައި 4 އަހަރު ބަންދުގައި ބެހެއްޓުމަށްފަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި 27 އަހަރުގެ ދިގު ހުކުމް ކޮށްފައިވަނީ ބޭއިންސާފުންކަމުގައެވެ.

ޝަރީއަތުގެ މަރުހަލާގައި ބޭއިންސާފުން ހިނގާފައިވާ އެތައްކަމެއްގެ ތަފްސީލުތައް ހާމަކޮށް އަނީންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 23 އޮކްޓޫބަރު 2019 ގައި މުޙައްމަދު އަމީން ހައްޔަރު ކުރެވި ދިގުމުއްދަތެއްގައި ބަންދުގައި ބަހައްޓައިގެން 4 އަހަރަށް ދިގުދަންމައިގެން ދިޔަ ޝަރީއަތަކަށްފަހު، 8 ނޮވެންބަރު 2023 ގައި އޭނާގެ މައްޗަށް ކޮއްފައިވާ ދަޢުވާތައް ސާބިތުވާކަމަށް ނިންމައި 27 އަހަރު ޖަލުގައި ބަންދުކުރުމަށް ކުރި ހުކުމަކީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބަލައި އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ޙުކުމެއް ކަމުގައި އާއިލާއަށް ނުފެންނާތީވެ، މިޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައި ވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ