ޑިމޮކްރެޓްސްގެ ޕާޓީގެ ރައީސްގެ ކައުންސިލަށް 8 މެމްބަރަކު އައްޔަނު ކޮށްފި

ޑިމޮކްރެޓްސްގެ ޕާޓީގެ ރައީސްގެ ކައުންސިލަށް 8 މެމްބަރަކު އައްޔަނު ކޮށްފި

Author
ހުސެއިން
10 ފެބްރުއަރީ 2024 02:14
0

ކުރީގެ ރައީސް ނަޝީދު އުފައްދާފައިވާ ޑޮމިކްރެޓްސް ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދާފައިވާ ޕާޓީ ރައީސްގެ ކައުންސިލަށް އިތުރު މެމްބަރުން އައްޔަން ކޮށްފިއެވެ.

ޕާޓީ ރައީސަށް ލަފާ ދޭ ކަންސިލަށް އައްޔަން ކޮށްފައިވާ މެމްބަރުންނަކީ*

  • މުޙައްމަދު އިބްރާހީމްދީދީ (މޮޑީ) – މާދަޑު. ވިދުވަރުގެ، ޏ، ފުވައްމުލައް
  • އަޙްމަދު މަޢުޞޫމް – ގ. ޕްލެޒެންޓްވޭވްސް، މާލެ
  • ސިފާ މުޙައްމަދު – ގ. އެޓްނާ، މާލެ
  • ތަޥްފީޤު ޢަބްދުﷲ – ލިލީގެ، ގއ. ކޮލަމާފުށި
  • ޙުސައިން ސަލްމާން – ބިއުޓީ، ސ. މަރަދޫ
  • މަރްޔަމް ޖެނިފާ މުޞްޠަފާ – ގ. ބޮޑުފެންވަޅުގެ، މާލެ
  • ޢަލީ އަޒުހަދު މުޙައްމަދު (އޮޒޭ) – ސްޙާޤް، ހދ. ކުޅުދުއްފުށި
  • އާދަމް ޝަރީފް އަޙްމަދު – ދަފްތަރު. ނަންބަރު ރސ 2809، މާލެ

ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީއާއި ޚިޔާލު ތަފާތުވެ، ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ. އެޕާޓީ އުފައްދާފައިވަނީ ފާއިތުވި އަހަރުގެ ޖުލައިމަހު 12 ވަނަ ދުވަހުއެވެ.

އީސީގެ ދަފްތަރުގައި ވާގޮތުން އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސް ޕާޓީގައި ތިބީ 3،280 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.