"ވޭދާ" ގެ ޕޯސްޓަރުތަކެއް ދައްކައިލައިފި

"ވޭދާ" ގެ ޕޯސްޓަރުތަކެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
11 ފެބްރުއަރީ 2024 02:55
0

ޖޯން އަބްރަހަމް ގެ ކުރިއަށް އޮތް ފިލްމް "ވޭދާ" ގެ ޕޯސްތަރު ތަކެއް އާންމު ކޮށްފިއެވެ.

މި ފިލްމް އަކީ ޑައިރެކްޓަރު/ޕްރޮޑިސަރު ނިކިލް އަދުވާނީ އުފައްދަމުން އަންނަ ފިލްމްއެކެވެ. ފިލްމް ގެ ޝޫޓިން ފެށިކަން ނިކިލް ކުރި އިނސްޓަގްރާމް ޕޯސްޓެއްގައި މިދިއަ އަހަރު އިއުލާން ކޮށްފައިވެއެވެ. މިހާރު ފިލްްމް އޮތީ ޝޫޓިންގ ނިންމާފައިއެވެ.

މި އެކްޝަން ޑްރާމާ ކާސްޓްގައި ޝަރްވާރީ ވާގް އާއި ތަމަންނާ ބާޓިއާ ވެސް ހިމެނެ އެވެ. ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ވިލަންއެއްގެ ރޯލުން ފެނިގެން ދިޔަ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.

 

View this post on Instagram

 

A post shared by Nikkhil Advani (@nikkhiladvani)

މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ޖޯން އަބަރްހަމް އާއި މިދިޔަ އަހަރުގެ "ބަންޓީ އޯރް ބަބްލީ 2″ އިން ބޮލީވުޑަށް ނުކުތް ޝަރުވާރީ ވާގެވެ. މި ފިލްމް އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކާމިޔާބު އެތަށް ފިލްްމް އެއް ކުޅެފައިވާ ސައުތުގެ މަޝްހޫރު ބަތަލާ އެންމެ ފަހުން ފެނިގެންދިއަ ބޮލީވުޑް ފިލްމް އަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ "ލަސްޓް ސްޓޯރީސް 2″ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.