ޔަމީ ބަނޑުބޮޑު

ޔަމީ ބަނޑުބޮޑު

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޔަމީ ގޯތަމް އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް އިއުލާންކޮށްފި އެވެ.

އޭނަ މަޔަކަށް ވާން އުޅޭކަން އިއުލާންކުރީ މި މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އާ ފިލްމު "އާޓިކަލް 370″ ގެ ޓްރެއިލާ ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިންނެވެ.

މި އިވެންޓުގައި އޭނާގެ ފިރިމީހާ އަދިތިޔާ ދާރް ވެސް ބައިވެރިވި އެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި މިހާރު ވަނީ އޭނާގެ ބަނޑަށް 5 މަސްވެފައިއެވެ. އޭނާ ލައިގެން ހުރި ހެދުމުން ވެސް ބަނޑުބޮޑުކަން ވަރަށް ބޮޑަށް އެނގެއެވެ.

ޔާމީ އާއި އަދިތިޔާ ކައިވެނިކުރީ 2021 ގަ އެވެ. އަދިތިޔާ އަކީ ޔާމީ ބަތަލާގެ ރޯލު ކުޅުނު 2019 ގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ ވިކީ ކޯޝަލް ބަތަލުގެ ރޯލު ކުޅުނު ފިލްމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *