އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް

ސިފައިންގެ ބަދަލުގައި ވައިގެ އުޅަނދުތައް ދެން ދުއްވާނީ މަދަނީ މީހުން: އިންޑިއާ

ސިފައިންގެ ބަދަލުގައި ވައިގެ އުޅަނދުތައް ދެން ދުއްވާނީ މަދަނީ މީހުން: އިންޑިއާ

ގުޅުންހުރި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ ޓެކްނިކަލް ސްޓާފުން ގެންނަން ނިންމާފައިވާ ކަމަށާއި، އިންސާނީ ހިދުމަތް ދޭ ތިން މަތިންދާ ބޯޓު އިންޑިއާގެ ފަރާތުން އޮޕަރޭޓް ކުރާނެ އެމީހުން ކަމަށް އިންޑިއާ އިން ބުނެފި އެވެ.

މިގޮތަށް ނިންމާފައި މިވަނީ މާރޗްމަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރާއްޖޭގެ އާ ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވާފައި ވަނިކޮށްކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

އިންޑިއާ ސިފައިންގެ 75 މީހަކު ރާއްޖޭގައި ތިބި ކަމަށް ބެލެވޭ އިރު، އެ މީހުން ހަރަކާތްތެރިވަމުން އައިސްފައިވަނީ، ދުރު ރަށްރަށުން ބަލި މީހުން އުފުލުމަށާއި، ކަނޑުމަތީގައި މީހުން ސަލާމަތް ކުރުމުގެ ބޭނުންތަކުގައެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެއަށް ޑޯނިއާ މަތިންދާ ބޯޓަކާއި ދެ ހެލިކޮޕްޓަރު ދީފަ އެވެ. މިދިޔަ އަހަރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ޚާއްސަކޮށް ޗައިނާއަށް ކުރެއްވި ޒިޔާރަތުގެ ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފައިވަނީ، ދެ ގައުމެއްގެ އޮފިޝަލުން ނިއުދިއްލީގައި ބައްދަލުކޮށް އިންޑިއާއިން މާރޗްމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ސިފައިން ބާލަން ފަށައި، މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ ގާބިލް ފަންނީ ބޭފުޅުން ވައިގެ އުޅަނދުތައް އޮޕަރޭޓްކުރަން ފަށާބެ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ