އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ހިނގި ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ތަހުގީގު ދަނީ ކުރަމުންނެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު 10 މިނެޓުގެ ތެރޭގައި ކުޑަހެންވޭރާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމަށް ވަނީ ހަމަލާދީފަ އެވެ.
ސިބާއަށް ހަމަލާ ދީފައިވަނީ، މެޗުގެ 82 ވަނަ މިނެޓުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާ ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ހަމަނުޖެހުންތަކުގެ ސަބަބުން އިއްޔެގެ މެޗު ނުނިމެނީސްވަނީ ހުއްޓާލާފައެވެ. މެޗު މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓު ފަހުން މެޗު އޮފިޝަލުން ވަނީ ފަހު 10 މިނިޓް ކުރިއަށް ގެންދިއުމާ މެދު މަޝްވަރާކޮށްފަ އެވެ.
މާރާމާރީ ފެށުނީ ކުޑަ ހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ކުރި ފައުލަކާ ގުޅިގެން އެނަޓޯލީ ގެ އަތުގައި ހިފެހެއްޓުމުން، އަނަޓޯލީ ގަސްދުގައި އޭނާގެ ގައިގައި ޖެހުމުންނެވެ.
ރެފްރީ މުހައްމަދު ޖާވިޒް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑު ދެއްކުމަށް ނިންމުމުން މައްސަލަ ހޫނުވި އެވެ. ރެފްރީގެ ނިންމުންތަކާ މެދު ކުޑަ ހެންވޭރުން މީގެ ކުރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަމަނުޖެހުންތައް ފެތުރެން ފެށުމާއެކު އަމާންކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފުލުހުން ދަނޑުގައި ވަނީ ހަރަކާތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ