ޑްރޯންއިން ބޭސް ފޯރުކޮށްދޭން 6 މަސް ތެރޭ ފަށާނެ

ޑްރޯންއިން ބޭސް ފޯރުކޮށްދޭން 6 މަސް ތެރޭ ފަށާނެ

Author
ހުސެއިން
08 ފެބްރުއަރީ 2024 10:15
0

ކުރިޔަށް އޮތް 6 މަސްތެރޭ ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދޭން ފަށާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމުގައެވެ.

މިއަހަރުގެ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯން ބޭނުން ކޮށްގެން ބޭސް ފޮނުވަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އޭރު ހެ؛ލްތު މިނިސްޓަރ ވިދާޅުވީ އެކަމާގުޅޭ އެކި މަޝްވަރާތައް އެމްއެންޑީއެފާއި ޕޮލިސް އަދި ސިވިލް އޭވިއޭޝަނާއެކު ފަށާފައިވާ ކަމަށާއި އޭގެ ޓެސްޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހަލީލް ވިދާޅުވި ގޮތުގައި 10ރ. ގެ ބޭހެއް ބައެއް ރަށްރަށަށް ފޯރުކޮށްދޭން ވެސް ދައުލަތުން މިހާރު ކުރަން ޖެހެނީ ބޮޑު ޚަރަދެއްކަމުގައެވެ.

އެސްޓީއޯ މެދުވެރިކޮށް ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމާނު ފޮނުވުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނާފައިވާ ކަމެކެވެ. ގދ. އަތޮޅުގައި އެކަމުގެ ޓެސްޓު ދަތުރެއް މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވިއެވެ.

އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރު ވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެއެވެ. ހާއްސަކޮށް، އެކަހެރި ހިސާބުތަކަށް ޑްރޯންގެ މުހިންމުކަން ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.