ވިކްރާންތް އާއި ޝިތަލް އަށް ލިބުނީ ފިރިހެން ކުއްޖެއް

ވިކްރާންތް އާއި ޝިތަލް އަށް ލިބުނީ ފިރިހެން ކުއްޖެއް

Author
ފާތިމަތު ނާވީ
08 ފެބްރުއަރީ 2024 02:16
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކްރާންތް މަސޭ އާއި ޝީތަލް ތާކޫރަށް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ބައްޕަ އަކަށް ވުމުގެ އުފަލުގައި ވިކްރާންތް ސޯޝަލް މީޑއާގައި ވަނީ މި ހަބަރު ހިއްސާ ކޮށްފައިއެވެ. މީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ދަރިފުޅު އިއްޔެ އުފަންވި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރުމާ އެކީ ބޮލީވުޑްގެ މީހުންނާއި ފޭނުން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ އެކި ފަންތީގެ މީހުން ހިމެނެއެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކްރާންތު، 36، އާއި ބަތަލާ ޝީތަލް، 32، ކައިވެނިކުރީ 2022 ގަ އެވެ. "ޓްވެލްތު ފެއިލް" ގައި ދެއްކި މޮޅު އެކްޓިންގެ ސަބަބުން ދާދި ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރު ކްރިޓިކް އެވޯޑް ހޯދި ވިކްރާންތް އެކްޓިން ކެރިއަރު ފެށީ ޓީވީ ސިލްސިލާތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.