އީޝާ ކައިވެނި ރޫޅާލައިފި

އީޝާ ކައިވެނި ރޫޅާލައިފި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އިޝާ ޑިއޯލް އާއި ވިޔަފާރީވެރިޔާ ބާރަތް ތަކްތާނީގެ ކައިވެނި ރޫޅާލިކަން އިއުލާން ކޮށްފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީޑިއާއިން ވަނީ އެމިހުން ވަރިވާން އުޅޭ ކަމުގެ ހަބަރު ރިޕޯޓްކޮށްފައިއެވެ. ނަމަވެސް އޭރުގައި އެ ދެމީހުން ކުރެ އެކަކުވެސް މިކަމާއި މެދުގައި އެއްޗެއް ބުނެފައިއެއް ނުވެއެވެ.

ނަމަވެސް އެ ދެމީހުން ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ. އެ މީހުންގެ ކައިވެނި މި ރޫޅާލީ 11 އަހަރު އެކުގައި އުޅުމަށް ފަހުގަ އެވެ.

އެ ނޫސްބަޔާނުގައި ބުނީ ދެމީހުން ވަކިވާން ނިންމީ އެއީ މި ވަގުތު ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. އަދި އެމީހުންގެ ދެ ކުދިން ތިބުމާއި އެކުގައި ކުދިންގެ ކަންކަމުގައި ދެމީހުން ދެމީހުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

 

View this post on Instagram

 

A post shared by ESHA DEOL (@imeshadeol)

މަޝްހޫރު އަދި ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު، އީޝާ އާއި ބާރަތު ތަހްތާނީ ކައިވެނިކުރީ 2012 ގަ އެވެ.

މައިން ބަފައިންނާއި ހިލާފަށް އީޝާ އަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުލިބުނު ބަތަލާއެކެވެ. އެހެން ކަމުން އިންޑަސްޓްރީއިން ފެއަށް ޖެހި އޭނާ ކައިވެންޏެއް ކޮށް މިހާރު އުޅެނީ ފިލްމީ ދާއިރާ އާއި އެއްކޮންހެން ދުުރުގައިއެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2002 ގެ "ކޮއި މެރެ ދިލް ސޭ ޕޫޗޭ" އެވެ. އެންމެ ފަހުން އޭނާ ފެނިގެންދިއަ ފިލްމް އަކީ 2011 ވަނަ އަހަރުގެ ފިލްމް "ޓެލްމީ އޯ ހުދާ"އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *