"ބޭބީ ޖޯން" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"ބޭބީ ޖޯން" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
08 ފެބްރުއަރީ 2024 07:17
0

ބޮލީވުޑްގެ ތަރި ވަރޫން ދަވަން ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ބޭބީ ޖޯން" ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީހު އިއުލާންކޮށްފި އެވެ.

"ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި 31 ގަ އެވެ. "ބޭބީ ޖޯން" ޑައިިރެކްޓްކުރީ ދެކުނުގެ ޑައިރެކްޓަރު ކާލީސް އެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

 

"ބޭބީ ޖޯން" އަކީ އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ހަހާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ދެކުނުގެ ޑައިރެކްޓަރު ކާލީސް އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ އެޓްލީ ޑައިރެކްޓްކޮށް 2016 ގައި ގެނެސްދިން "ތެރީ" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.

"ބޭބީ ޖޯން" ލީޑް ކާސްޓްގައި ވަރޫން އާއި އެކުގައި ފެނިގެންދާނީ ދެކުނުގެ ބަތަލާ ކީރްތީ ސުރޭޝް އާއި ވަމީގާ ގައްބީގެ އިތުރުން ޖެކީ ޝްރޮފްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.