އިންތިޚާބު ބާއްވާ ތާރީޚް އަނެއްކާވެސް ފަސްކުރަނީ!

އިންތިޚާބު ބާއްވާ ތާރީޚް އަނެއްކާވެސް ފަސްކުރަނީ!

Author
މުޙައްމަދު ޖިމީ
16 ޑިސެމްބަރ 2020 03:34
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހަށް ފަސްކުރަން ޖެހިދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.އީސީން ކުރިން ލަފާކޮށްފައިވަނީ މާރިވް މަހުގެ 6 ގައި އިންތިޚާބ ބޭއްވުމަށެވެ.

"ރާއްޖެ ޓީވީ"ގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، މާރިޗް މަހުގެ 6 ވަނަ ދުވަހު އިންތިޚާބު ބާއްވާނަމަ، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ. އެއީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށްވާއިރު، އިންތިޚާބުގައި ގިނައިން ބޭނުންކުރަންޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގެ ވަސީލަތްތައް ނުވަތަ ސްކޫލްތަކުގެ ކްލާސް ރޫމްތަކާއި ބައެއް ވަސީލަތްތައްކަމަށެވެ. އަދި އިންތިޚާބުގައި ހަރަކާތްތެރިވާނެ ގިނަ އޮފިޝަލުންނަކީވެސް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށް ވުމުން މާރިވް 6 ގައި އިންތިޚާބު ނުބާއްވާ މާރިޗް މަހުގެ 13 އަށް ފަސްކުރަން ޖެހިދާނެކަަމަށެވެ.

އެހެންވީމަ އަޅުގަނޑުމެން މިހާރު މަޝްވަރާކުރަން އެބަ މާރޗް 6ގެ ބަދަލުގައި މާރޗު މަހުގެ 13 އަށް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަށް. 6 މާރޗުގެ ބަދަލުގައި 13 މާރޗުގައި އިންތިހާބު ބޭއްވުމުގެ ޕޮސިބިލިޓީ ވަރަށް ބޮޑު
-އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް

ޝަރީފް ވިދާޅުވީ، ކުރިން ތަޢާވަލުކުރި ތާރީޚަށް ބުރެ ހަފްތާއެއް ފަސްކުރިނަމަވެސް، ރަމަޟާން މަހުގެ ކުރިން އިންތިޚާބުގެ މަސައްކަތްތައް ނިންމާލެވޭނެކަމަސެވެ. އެކޮމިޝަންގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން އިންތިޚާބުގެ ދެބުރު ބޭއްވުނުނަމަވެސް، ނަތީޖާ އިޢުލާންކުރަންޖެހޭނީ ރަމަޟާން މަހުގެ ތެރޭގައިކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ޖެނުއަރީ 5 ގެ ކުރިން އިންތިޚާބުގެ މަސައކްަތް ފެށުމުގެ ހުއްދަށް އެޗްޕީއޭއިން ނުދީފިނަމަ އިންތިޚާބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބުނެފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިން ބޭއްވުމަށް ނިންމި ކައުންސިލް އިންތިޚާބު މިހާރުވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެގޮތަށް ފަސްކުރަންޖެހުނީ ކޯވިޑް-19އާއި ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅުގެންނެވެ. އިންތިޚާބު ބޭއްވުމަށް ކައުންސިލް އިންތިޚާބާއި ބެހޭ ޚާއްޞަ ޤާނޫނެއް ވަނީ އެކުލަވާލާފައެވެ. އަދި އިންތިޚާބު ބޭއްވުމުން އެ ޤާނޫނު އުވޭނެއެވެ. އެޤާނޫނު ބުނާގޮތުން މެއި މަހުގެ 9 ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.