ގްރަނާޑާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ގްރަނާޑާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

Author
ހުސެއިން
07 ފެބްރުއަރީ 2024 01:48
0

ގްރަނާޑާގެ 50 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގެ ތަހުނިޔާ އެޤައުމުގެ ބޮޑުވަޒީރަށާއި އެޤައުމުގެ ގަވަރނަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ގްރަނާޑާގެ ބޮޑުވަޒީރު ޑީކަން މިޗެލް އަށާއި އެ ޤައުމުގެ ގަވަރނަރ ޖެނެރަލް ޑޭމް ސެސީލް ލަ ގްރަނާޑް އަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މެސެޖުގައި، އެޤައުމުގެ 50 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގެ ހެޔޮހެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވައިލައްވާފައިވަނީ، ކުރިއަށްއޮތް އަހަރުތަކުގައި ގްރަނާޑާގެ ސަރުކާރާ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.