24 ގަޑިއިރު ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓިދާނެކަމަށް ކުރީގެ އެއްވެސް ވެރިއަކު ގަބޫލުކޮށްފައެއް ނެތް: ޒަމީރު

24 ގަޑިއިރު ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓިދާނެކަމަށް ކުރީގެ އެއްވެސް ވެރިއަކު ގަބޫލުކޮށްފައެއް ނެތް: ޒަމީރު

Author
ހުސެއިން
06 ފެބްރުއަރީ 2024 07:56
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހިންނަށް 24 ގަޑިއިރު ބެލެހެއްޓިދާނެކަމަށް ކުރީގެ އެއްވެސް ވެރިއަކު ގަބޫލުކޮށްފައި ނުވާކަމަށާއި، އެކަން އެގޮތަށް ކުރެވިދާނެކަން ސާބިތުކޮށްދެއްވީ ރައީސް މުއިއްޒު ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް އަރިހުގައި އެ އަތޮޅު މަޑިފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ އެހެން ގައުމަކަށް ބަރޯސާނުވެ، ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ދިފާއުކުރެވޭނެކަން ރައީސް މުއިއްޒު ސާބިތުކޮށްދެއްވާފައިވާ ކަމުގައެވެ.

ޒަމީރު ވިދާޅުވީ ކުރީގެ ވެރީން އަބަދުވެސް ވިސްނައިދީފައި އޮންނަނީ ރާއްޖެ އަބަދުވެސް އޮންނަންވާނީ ބޭރުގެ ކޮންމެވެސް ގައުމަކަށް ބަރޯސާވެފައިކަމަށް ކަމަށް ކަމުގައެވެ.

އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންނަށް، ރާއްޖޭގެ މިނިވަންކަމަކީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން އެ މިނިވަންކަން ދެމެހެއްޓޭނެ ގައުމެއްގެ ގޮތުގައި ރައްޔިތުންނާއި އަދި މުޅި ދުނިޔެއަށް ދައްކަވައިފިޔޭ، މިސާލަކަށް ރައީސް ވިދާޅުވީ 24 ގަޑިއިރު، މުޅި ދުވާލެއްގެ 24 ގަޑިއިރު، އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލަހައްޓަވާނަމޭ، މިއީ ރާއްޖޭގެ ކުރީގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅެއްގެ ވިސްނުންފުޅުގައި ވެސް ހުރި ކަމެއް ނޫން.

ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ފާއިތުވެދިޔަ ކުރު މުއްދަތުގައިވެސް ރައީސް ކުރެއްވި މަސައްކަތްތަކަކީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.