ރަސްގެފާނު ޗާލްސްއަށް އަވަސް ޝިފާއަކަށް އެދެން: ރައީސް

ރަސްގެފާނު ޗާލްސްއަށް އަވަސް ޝިފާއަކަށް އެދެން: ރައީސް

އިނގިރޭސި ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދޭކަމަށާއި، އެމަނިކުފާނާއެކު ދިވެހި ރައްޔިތުންވެސް އެދެނީ އިނގިރޭސި ރަސްގެފާނު ފިރިހަމަ ސިއްހަތެއްގައި ދެމިހުރުމަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ އިނގިރޭސި ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިއްޖެކަން، ރަސްގެފާނުގެ ރަސްމީ ގަނޑުވަރު ބަކިމްހަމް ޕެލަސްއިން އިއުލާން ކޮށްފައިވަނިކޮށް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރަސްގެފާނު ޗާރލްސްއަށް ކެންސަރު ޖެހިވަޑައިގަތް ޚަބަރު އެހީ ކުއްލި ހިތާމައާއެކު ކަމަށެވެ. އަދި މި ބަލިން ރަސްގެފާނަށް ޝިފާ ލިބިލައްވާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ކިންގް ޗާލްސް އަށް ކެންސަރު ޖެހިފައިވާކަން އެނގުމުން އޭނާ ފަރުވާ ދޭން ފެށީ ހޯމަ ދުވަހު ކަމަށް ބަކިންހަމް ޕެލަސް އިން ވަނީ ބުނެފަ އެވެ.
ގަނޑުވަރުން ބުނާ ގޮތުގައި ކެންސަރު ދެނެގަނެވުނީ ރަސްގެފާނު ދާދި ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދެވި ބެނިން އެންލާރޖްޑް ޕްރޮސްޓޭޓެއްގެ ތެރެއިންނެވެ.
ގަނޑުވަރުން ބުނެފައިވަނީ "އެކަށީގެންވާ ކަންބޮޑުވާ ވަކި މައްސަލައެއް ފާހަގަކުރެވިގެން" "އޭގެ ފަހުން ކުރި ޑައިގްނޯސްޓިކް ޓެސްޓްތަކުން ކެންސަރުގެ ވައްތަރެއް ފާހަގަކުރެވިފައިވާ" ކަމަށެވެ.
ރަސްގެފާނިގއ ހަށިގަޑުން ފެނިފައިވަނީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް ގަނޑުވަރުން ހާމަކޮށްފައެއް ނުވެއެވެ.
ޕްރިންސް ހެރީ ވަނީ އޭނާގެ ބައްޕައާ ވާހަކަ ދައްކާފައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއިން އިނގިރޭސިވިލާތަށް ދަތުރު ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އުމުރުން 75 އަހަރުގެ ޗާލްސް އަށް އާންމު ވާޖިބުތައް ފަސްކުރުމަށް ލަފާ ދީފައިވީ ނަމަވެސް އޭނާ "ދައުލަތުގެ ވާޖިބުތައް އަދާކުރާނެ" ކަމަށާއި ބޮޑުވަޒީރު ރިޝީ ސުނާކް ކޮންމެ ހަފްތާއަކު ބައްދަލު ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ބަކިންހަމް ޕެލަސްއިން ވިދާޅުވެފައި ވެއެވެ.
ޗާލްސްއަށް ފަރުވާ ދެމުންދަނީ އައުޓް ޕޭޝަންޓެއްގެ ގޮތުގައި ކަމަށާއި، ހޯމަ ދުވަހުގެ ރޭ ޗާލްސް ހުންނެވީ ލަންޑަނުގައި ހުންނަ ގޭގައި ކަމަށް ޕެލަސް އިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *