ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަނެއްކާ ވެސް މަޖިލީހަށް

ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަނެއްކާ ވެސް މަޖިލީހަށް

Author
ހުސެއިން
06 ފެބްރުއަރީ 2024 04:39
0

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން ބޭއްވި ޖަލްސާގައި ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި، ހައުސިން މިނިސްޓަރ ޑރ. ހައިދަރުގެ އިތުރުން އޭޖީ އުޝާމްއަށެވެ.

އެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއަށް ރުހުން ނުދޭން ފާސްކޮށްފައިވާއިރު، އޭނާއަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 31 މެމްބަރުންނެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދިނެވެ.

އޭގެ އިތުރުން މިނިސްޓަރ ޑރ. ހައިދަރަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު، ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދިނެވެ.
އެހެންނަމަވެސް ހަމަ އެދުވަހު ރައީސް މުއިއްޒުވަނީ މި ހުރިހާ ވަޒީރުންވެސް އަލުން ވަޒީރުކަމަށް އައްޔަން ކޮށްފައެވެ. އަދި ތިން ވަޒީރުންވެސް ވަނީ ރައީސް ރިޔާސީ ބަޔާން އިއްވި ޖަލްސާއަށްވެސް ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.