2024 ފެބުރުއަރީ 5 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލެއްވީ 6 ބޭފުޅުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވެއްޖެއެވެ. އެގޮތުން އިއްޔެ ފޯމު ހުށަހެޅުއްވީ އެމް.ޑީ.އޭގެ 2 ބޭފުޅުން ކަމުގައި ހަބީބު ވިދާޅުވިއެވެ.
މިހާތަނަށް އިލެކްޝަންސްއަށް ފޯމު ހުށަހެޅި ދާއިރާތަކުގެ ތެރޭގައި ގަމު ދާއިރާއާއި، ނިލަންދޫ ދާއިރާއާއި، ހިތަދޫ އުތުރު ދާއިރާއާއި، މީދޫ ދާއިރާއާއި ވެލިދޫ ދައިރާ ހިމެނެއެވެ.
2024 ފެބުރުއަރީ 5 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލެއްވީ 6 ބޭފުޅުން. މިއަދު ފޯމު ހުށަހެޅުއްވީ އެމް.ޑީ.އޭގެ 2 ބޭފުޅުން.#vihi24 @ElectionsMv @mvpeoplesmajlis @presidencymv @psmnewsmv @SecretariatMDA @PoliceMv pic.twitter.com/Pq2fCDe3ME
— Ismail Habeeb (@IsmailHabeeb) February 5, 2024
އެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ 5 ދާއިރާކުން ވާދަކުރުމަށް 6 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން 1 ކެންޑިޑޭޓެއްގެ ފޯމް ޝަރުތު ހަމަނުވާތީ ބަލައިގެންފައިނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ. މި އިންތިޚާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
މަޖިލިސް އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާއަށް ހަމާވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް 3769 މީހުން ހުށައަޅާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ